Ihavandhoo Old Friday Mosque

އިހަވަންދޫ އާސާރީ ހުކުރު މިސްކިތް 1701

Aasaaree Hukuru Miskiy

Location

Address: Miskiy Magu, Ihavandhoo, Haa Alifu Atoll, Maldives

Geographic coordinates: 6º 57' 17.33" N and 72º 55' 38.33" E

Description

Mosque capacity: 40 persons.

Mosque area: 38 sqm approx.

Ihavandhoo Old Friday Mosque was completed in 16 December 1701 CE (15 Rajab 1113 A. H.) during the reign of Sultan Ibrahim Muzhiruddin (1701-1705) and continues its use as a mosque till today. It is a small coral stone mosque with intricate stone and lacquer work but over the period major extensions compromised its visual integrity from outside. The old mosque is still intact in its original condition within extensions.

The mosque compound includes an octagonal stone well, cemetery with grave markers and a small minaret, all made from coral stone. The cemetery has tombstones of eminent people with rare and high-quality carvings. Some of the grave markers belong to members from the Utheem Boduthakurufaanu family and the wazir of the Dhiyamigil Dynasty. The original mosque compound did not have a boundary wall, but a new boundary wall surrounds the mosque with three entrances. Presently there are no trees or plants in the mosque complex but until recently there were many frangipanis, jasmine and other flowering plants.

The present mosque building consists of the old original mosque built using coral stone carpentry construction and a new extension built with masonry construction. Typically the old mosque is built on a raised coral stone plinth with carvings, with coral stone walls, timber sliding doors and a tired roof. The prayer hall has fenda on three sides and rising entrance stair with dhaala. There is no mihrab chamber and the mimbar is located near the corner of the mihrab wall. Typical to all the mosques it is entered opposite the mihrab side. The interior has lacquered calligraphy panels, lacquered beams, coffered ceilings with a decorated laage'.

History

  According to the oral history there were older mosques in the island preceding the mosque, but it is not certain there were any in the same location.
1701 The present mosque in its original form was completed on 16 December 1701 and bears the seal of Sultan Ibrahim Muzhiruddin.
1950s During the 50s, the roofing was upgraded from coconut thatching to Indian clay roofing tiles and the dhaala was extended with timber lattice (miskit jaali) windows. The floor would have gotten a new screed. The short minaret was also part of the upgrade.
1990s The first electrification and linoleum floors finishes were introduced.
2005 The roof was changed from clay roofing tiles to metal profile sheets. The fenda was extended without raising the floor level and timber lattice windows and doors were added. The floor was changed to ceramic tiles. Modern facilities like electrical lights, fans and sound systems were added.

އެޑްރެސް: މިސްކިތް މަގު، އިހަވަންދޫ، ހާ އަލިފު އަތޮޅު، ދިވެހިރާއްޖެ

ބޮޑުމިން: 40 މީހުންނަށް ނަމާދުކުރެވޭ (ގާތްގަނޑަކަށް 38 އަކަމީޓާރު)

މި މިސްކިތް ހުރީ ހއ. އިހަވަންދޫ ބޮޑުމަގުގެ އެއްކޮޅުގައެވެ. މިސްކިތް ބިނާކޮށް ނިންމާފައިވަނީ 1701 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު، އައްސުލްޠާން އިބުރާހީމް މުޒުހިރުއްދީންގެ (1701-1705) ދުވަސްވަރުއެވެ. މިއަދުވެސް މި މިސްކިތުން ރައްޔިތުންނަށް ލިބެނީ ނަމާދުކުރާ މުހިންމު މިސްކިތެއްގެ މަޤާމެވެ. މިއީ ފަންނުވެރިކަމާއި މަސައްކަތްތެރިކަމުގެ ގޮތުން ރާއްޖޭގެ އުތުރުގައި ހުރި ހިރިގަލުގެ އެންމެ ރީތި މިސްކިތެވެ. މިއީ ކުޑަކުޑަ މިސްކިތެއް ކަމުގައިވިޔަސް އެތަނުގައި އަޅާފައިހުރި ގަލުގެ ކުރެހުންތަކަކީ ރާއްޖޭގައި ފެންނާނެ އެންމެ ރީތި ކުރެހުންތަކެވެ. މިސްކިތުގެ އެތެރޭގެ ލާފެންކުރުމުގެ މަސައްކަތްތައް ވެސް އެހާމެ ފުރިހަމައެވެ. ޒަމާންވީ މި މިސްކިތް ވަނީ ވަރަށް ރަނގަޅަށް ބެލެހެއްޓިފައެވެ. އެކަމަކު ދެރަ ކަމަކީ މިސްކިތުގެ ރީތިކަން ގެއްލޭ ފަދަ ބަދަލުތަކެއް މިސްކިތުގެ ބޭރަށް ގެނެވިފައިވާކަމެވެ.

މިސްކިތުގެ ގޯތިތެރޭގައި އަށްކަނަށް ރާނައިފައިވާ ފެންވަޅަކާއި މަހާނަގައުތަކެއް ހިމެނޭ ގަބުރުސްތާނަކާއި ހިރިގަލުން ހަދާފައިވާ ކުޑަ މުންނާރެއް ހުރެއެވެ. މީގެތެރެއިން ބައެއް މަހާނަ ގައުތަކަކީ ރާއްޖޭގެ އެހެން ތަނަކުން ނުފެންނަ ފަދަ ކުރެހުންތަކެއް އަޅާފައިވާ ރީތި މަހާނަގައުތަކެކެވެ. މީގެތެރޭގައި އުތީމު ބޮޑުތަކުރުފާނުގެ އާއިލާގެ ބައެއް ބޭފުޅުންނާއި ދިޔަމިނގިލި ދަރިކޮޅުގެ ވަޒީރުގެ މަހާނަ ހިމެނެއެވެ. އެންމެކުރިން މިސްކިތުގެ ގޯތީގައި އިންފާރެއް ނުހުރެއެވެ. އެހެންނަމަވެސް ފަހުން ވަނީ ތިންދޮރުލާފައިވާ ވަށާފާރެއް ރާނާފައެވެ. ވަރަށް ފަހަކާއި ޖެހެންދެން މިތަނުގެ ތެރޭގައިހުރި ގުލްސަންޕާ ގަސްތަކާއި ހުވަނދުމާ ގަސްތަކާއި އެހެނިހެން މާގަސްތައް މިއަދަކު ނުހުރެއެވެ.

މިއަދު ގޯތިތެރޭގައިހުރީ ހިރިގަލުން އިމާރާތްކޮށްފައިވާ އެންމެއިހުގެ މިސްކިތާއި ފަހުން އެޅިގަލުން ރާނާފައިވާ އިތުރު ބައެކެވެ. އާދައިގެމަތިން މި މިސްކިތުގައި ހުންނަނީ އުސްކޮށްފައިވާ ހިރިގަލު ތަޅުމަކާއި ހިރިގަލު ފާރާއި ލަކުޑި ދަމާދޮރާއި އަދި ބައިބަޔަށް ހުންނަ ފުރާޅެކެވެ. ނަމާދުކުރާބައިގެ ތިންފަރާތުގައި ފެންޑާއަކާއި އަދި ވަންނަދޮރުމަތީގައި ހަރުފަތްބަރިއަކާއި ދާލައެއް ހުރެއެވެ. މިހުރާބުގެއެއް ނުހުންނައިރު މިމްބަރު ހުންނަނީ މިހުރާބު ފާރުގެ އެއްކަނުގައެވެ. ހުރިހާމިސްކިތެއްގައިވެސް ހުންނަފަދައިން ވަންނަދޮރު ހުންނަނީ މިހުރާބުފާރުގެ ކުރިމައްޗަށެވެ. އެތެރޭގައި ލާފެންކޮށްފައި ހުންނަ ކުރެހުންތަކާއި ލަކުޑި ބެރިތަކާއި ފައިދޮށްތައް ފެންނަގޮތަށް ގޮޅިގޮޅިއަށް ހުންނަ ފަންގިފިލައަކާއި ލާގެއެއް ހުރެއެވެ.

 

ތާރީޚު

ތުންތުންމަތިން ކިޔޭގޮތުގައި މިރަށުގައި މީގެ ކުރިންވެސް މިސްކިތްތައް ހުރެއެވެ. ނަމަވެސް މި މިސްކިތް ހުރިތަނުގައި ކުރިން މިސްކިތެއް ހުންނަކަން އެނގޭކަށްނެތެވެ.
1701 މިސްކިތް ބިނާކޮށް ނިންމާފައިވަނީ 1701 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު، އައްސުލްޠާން އިބުރާހީމް މުޒުހިރުއްދީން (1701-1705) ގެ ދުވަސްވަރުއެވެ.
1950s އެންމެކުރިން ހުރި ފަންފުރާޅު އިންޑިއާ އީޓަށް ބަދަލުކޮށް އަދި ދާލައިގައި ލަކުޑި މިސްކިތުޖާލި ހަރުކޮށް އައު ސިމެންތި ތަޅުމެއް އަޅާފައި ވެއެވެ. އަދި ކުޑަ މުންނާރަކީވެސް މިދުވަސްވަރު ހަދާފައިވާ ތަނެއްކަމަށް ބެލެވެއެވެ.
1900s “ލިނޯލިއަމް” ތަޅުން އަޅައި ފުރަތަމަ ފަހަރަށް މިސްކިތުގައި ކަރަންޓުލެވުނެވެ.
2005 ފުރާޅުގައި ހުރި އީޓު ޓިނަށް ބަދަލުކޮށް ތަޅުން އުސްނުކޮށް ފެންޑާ ބޮޑުކުރެވުނެވެ. އަދި ލަކުޑި ޖާލިޖެހި ކުޑަދޮރާއި ލަކުޑިދޮރު ހަރުކޮށް ތަޅުމުގައި މުށިޖެހުނެވެ. ބޮތްކާއި ފަންކަލާއި އަޑުގަދަކުރާ ހަރުކުރެވުނެވެ.

Share Ihavandhoo Old Friday Mosque on