Aasaaree Miskiy
Bandidhoo Old mosque was probably built 1700s. It is a small mosque with a prayer hall, Mihrab chamber, Dhaala on three sides, one entrance stair; two tiered roof, simple coral base and coffered ceiling with Laage'. The mosque does not have fine coral carvings but the timberwork is of fine standard. The mosque was probably restored in the 1940s when a masonry wall with windows using Miskit Jaali and metal roof was added.
މި މިސްކިތް ބިނާކުރެވުނުކަމަށް ބެލެވެނީ 1700 ގެ އަހަރުތަކުގެ ތެރޭގައެވެ. މި ކުޑަ މިސްކިތުގައިވަނީ ނަމާދުކުރާބަޔަކާއި މިހުރާބުގެއަކާއި ތިންފަރާތުގަ ދާލައާއި ވަންނަ ދޮރުމަތީ ހަރުފަތްބަރިއަކާއި ދެބަރިއަށްހުރި ފުރާޅަކާއި އުސްކުރެވިފައިވާ ހިރިގަލު ތަޅުމަކާއި ލާގެއެއް ހިމެނޭ ލަކުޑި ފަންގިފިލައެކެވެ. ގަލުވަޑާމުގެ މަސައްކަތަށް ބަލާއިރު ކަނޑާނެގުންތައް ނެތް ސާދާ މިސްކިތެއް ނަމަވެސް ލަކުޑީގެ މަސައްކަތްތަކުގެ ފަންނުވެރިކަން ވަރަށް ފުރިހަމައެވެ. ލަފާކުރެވޭގޮތުގައި 1940 ގެ އަހަރުތަކުގެތެރޭގައި މި މިސްކިތްވަނީ މަރާމާތުކޮށް ގަލުފާރެއް ރާނައި މިސްކިތުޖާލި ހަރުކޮށް އަދި ފުރާޅު ޓިނަށް ބަދަލުކޮށްފައެވެ.
Mosque Gallery
ފޮޓޯ މައުރަޒު