Coral stone construction

މޫދުގައި އުފެދޭ ގައު ބޭނުން ކޮށްގެން ބިނާކުރުން

Corals from the stony coral family Scleractima were used for construction throughout the coastal settlements of the tropical belt.

Early use of coral in construction has been found among the Mayan communities of the Central America between 900-1500 BCE and among the coastal communities of the Red Sea between 146-323 BCE.

From the Red Sea the use of coral stone spread to the East African coast where it thrived as the primary building material of monumental buildings for a long time.

Early coral construction also existed in the Indian Ocean islands and coastal cities. They were found in ancient Buddhist sites in Jaffna, Maldives and in the Indian subcontinent as far back as the second century.

Today the best examples of coral stone construction in the world are found in Maldives and East Africa.

Coral Stone Construction of Maldives

Two types of coral stones were used for construction in Maldives: coral sand stone (veligaa) and porite coral (hiriga).

Following different techniques of construction during different historic

periods of Maldives.

Coral stone construction is no longer possible due to environmental reasons, ending an important chapter of cultural history of Maldivians. But its legacy is an indispensable part defining the creativity of its people.

މޫދުގައި އުފެދޭ ގަލުގެ ތެރޭގައި ހިމެނޭ ސެކްލަރެކްޓިމާ ކިޔާ ބާވަތުގެ ގައު ނަގައިގެން ބިނާ ކުރުމަކީ ޓްރޮޕިކްގެ އައްސޭރި ފަށުގެ އެންމެންވެސް ކޮށްއުޅުނު ކަމެކެވެ.

މިފަދައިން އެންމެ ފުރަތަމަ ބިނާތައް ހަދަން ފަށާފައިވަނީ މެދުތެރޭ އެމެރިކާގެ މާޔަން ދަރިކޮޅުތަކުންނެވެ. ތާރީޚަށް ދާ ނަމަ އެއީ ޢީސާގެފާނުގެ ކުރީގެ 900 ން 1500 އާ ދެމެދެވެ. ހަމައެހެންމެ، ރަތް ކަނޑުގެ އައްސޭރިފަށުގެ ރަށްރަށުގެ މީހުންވެސް ޢީސާގެފާނުގެ ކުރީގެ 146 ން 323 އާ ދެމެދު މިގޮތަށް ބިނާތައް ހެދިއެވެ.

ރަތް ކަނޑުގެ އައްސޭރިފަށުން ފެނުނު ގައު ނަގައިގެން ބިނާތައް ހެދުން އިރުމަތީ އެފްރިކާއަށް ފެތުރުނެވެ. އެ ސަރަޙައްދުގައި ޢިމާރާތް ކުރުމުގައި ބޭނުން ކުރި މައިގަނޑު ތަކެއްޗަކީ އެފަދަ ގަލެވެ. މިކަން ދިގު މުއްދަތަކަށް ދެމިގެން ދިޔައެވެ.

މޫދުގައި އުފެދޭ ގައު ބޭނުންކޮށްގެން ބޯދާ ޒަމާނުގައި ބިނާތައް ހެދުމުގެ މަސައްކަތް އިންޑިއާ ކަނޑުގެ އެކި ރަށްރަށުގައި ވެސް ފެށިގެން އައެވެ. އެކަން ޖަފްނާގެ ބުދު ދީނުގެ ބޯދާ ތަންތަނުން އެނގެއެވެ. ދިވެހިރާއްޖެ ވެސް އިސްތިސްނާއެއް ނުވެއެވެ. ދެވަނަ ޤަރުނުން ފެށިގެން އިންޑިއާ ކަނޑުގެ ޖަޒީރާތަކުގައި މިގޮތަށް ބިނާތައް ހެދުނެވެ.

މިއަދު، މުޅި ދުނިޔޭގައިވެސް ފެންނާން ހުރި މިފަދަ ގަލުގެ އެންމެ ފުރިހަމަ ބިނާތައް ފެންނާން ހުރީ ދިވެހިރާއްޖެ އިންނެވެ. ހަމައެހެންމެ، އިރުމަތީ އެފްރިކާއިންވެސް މެއެވެ.

ދިވެހިރާއްޖޭގައި ގަލުން ބިނާތައް ހަދަން ފެށުން

އެންމެ ކުރީގައި ރާއްޖޭގައި ދިރިއުޅުނުކަމުގެ ނިޝާންތައް ފެންނާން ހުރީ ކުރީގައި އުޅުނު ބުދު ދީނުގެ މީހުން ހަދާފައިވާ ގަލުގެ ބިނާތަކުންނެވެ. އެބައިމީހުން ގަލުން ތަންތަން ހަދަން ފަށައިފައިވަނީ 2 ވަނަ ޤަރުނުގެ ތެރޭގައި ކަމަށް ފެނެއެވެ.

ދިވެހިރާއްޖޭގައި މޫދުގައި އުފެދޭ ގަލުން ބިނާތައް ހެދުމުގައި އެކި ބާވަތްތަކުގެ ގައު ބޭނުން ކުރެއެވެ. އަދި އެންމެ ކުރީގައި ދެ ވައްތަރެއްގެ ގައު ބޭނުން ކުރިއެވެ. އެއީ ވެލިގަލާއި ހިރިގަލެވެ.

Share Coral stone construction on