Dhevvadhoo Old Friday Mosque

ދެއްވަދޫ އާސާރީ ހުކުރު މިސްކިތް c1701

Aasaaree Miskiy

Dhevvadhoo Old Mosque was built during the reign of Sultan Mohamed of Dhevvadhoo (1692-1701) continues its use till today. The mosque has been remodelled extensively compromising its integrity. However, the fine ornamentation in terms of coral carvings and lacquer work are still visible. The building has a prayer hall, Mihrab chamber, fenda on three sides, one entrance stair, tiered roof, simple coral base and coffered ceiling. The mosque complex has the mosque building, a coral stone well and few coral grave markers.

ދެއްވަދޫ އައްސުލްތާން މުހައްމަދުގެ (1692-1701) ދުވަސްވަރު ބިނާކޮށްފައިވާ ދެއްވަދޫ އާސާރީ މިސްކިތަކީ މިއަދުވެސް ނަމާދުކުރަން ބޭނުންކުރަމުންދާ މިސްކިތެކެވެ. މި މިސްކިތަށް ވަނީ އޭގެ އަސްލު ގެއްލޭފަދަ ބޮޑެތި ބަދަލުތަކެއް ގެނެވިފައެވެ. އެހެންނަމަވެސް ހިރިގަލު ވަޑާންކުރުމާއި ލާފެންކުރުމުގެ މަސައްކަތުގެ ނިޝާންތައް އަދިވެސް ފެންނާން އެބަހުއްޓެވެ. މިސްކިތުގައި ހިމެނެނީ ނަމާދުކުރާތަނަކާއި މިހުރާބުގެއަކާއި ތިންފަރާތަށް ހުރި ފެންޑާއަކާއި ވަންނަދޮރުމަތީގައިވާ ހަރުފަތްބަރިއަކާއި ބަރިބަރިއަށް ލާފައިވާ ފުރާޅަކާއި އުސްކޮށްފައިވާ ސާދާ ހިރިގަލު ތަޅުމަކާއި އަދި ގޮޅިގޮޅިއަށް ފައިދޮށްތައް ފެންނަގޮތަށް ލައިފައިވާ ފަންގިފިލާއެކެވެ. މިސްކިތުގެ ގޯތިތެރޭގައިވަނީ މިސްކިތުގެ އިމާރާތާއި ހިރިގަލު ފެންވަޅަކާއި އަދި ހިރިގަލުގެ މަދު މަހާނަގައުތަކެކެވެ.

Share Dhevvadhoo Old Friday Mosque on