Aasaaree Hukuru Miskiy
Kudahuvadhoo Old Friday Mosque was built during the reign of Sultan Mohamed of Dhevvadhoo (1692-1701) replacing the original mosque built by the first Muslim Sultan of Maldives (1153-1165). The mosque compound has the mosque building, an old gateway from the Buddhist period, two coral stone wells, and a cemetery with high quality coral tombstones. The mosque has been remodeled extensively compromising its originality but has been in continues use till today. It is an example of a coral stone mosque with mihrab chamber. The mosque does not have fine ornamentation in terms of coral carving.
މި މިސްކިތް ބިނާކުރެވިފައިވަނީ ދެއްވަދޫ އައްސުލްތާން މުޙައްމަދުގެ (1692-1701) ދުވަސްވަރުއެވެ. އެތަނުގައި ކުރިން ހުރީ ރާއްޖޭގެ ފުރަތަމަ މުސްލިމް ސުލްތާން (1153-1165) ބިނާކުރެއްވި މިސްކިތެކެވެ. މިސްކިތުގެ ގޯތިތެރޭގައިވަނީ މިސްކިތާއި ބުދުދީނުގެ ޒަމާނުގެ ދޮރޯއްޓަކާއި ހިރިގަލުން ހަދާފައިވާ ދެ ފެންވަޅާއި ވަރަށް ފުރިހަމައަށް ކުރެހުން އަޅައިފައިވާ ހިރިގަލު މަހާނަގައުތަކެއް ހިމެނޭ ގަބުރުސްތާނެކެވެ. އަސްލު ގެއްލޭފަދަ ބޮޑު ބަދަލުތަކެއް ގެނެވިފައިވާއިރު މި މިސްކިތަކީ މިއަދުވެސް ބޭނުންކުރަމުންދާ މިސްކިތެކެވެ. މިއީ މިހުރާބުގެއެއް ހިމެނޭގޮތަށް ހަދާފައިވާ ހިރިގަލު މިސްކިތެއްގެ ފުރިހަމަ މިސާލެކެވެ. ހިރިގަލު ވަޑާމުގެ މަސައްކަތްތައް ފެންނަނީ ވަރަށް ސާދާކޮށެވެ.
Mosque Gallery
ފޮޓޯ މައުރަޒު