Kalhuvakaru Miskiy
Male’ Kalhuvakaru Mosque located in the capital island Male' was built in 1789 is a unique coral stone mosque because it uses mainly Ebony as the timber for its construction and because it has been relocated, disassembled and assembled many times. It is a small coral stone mosque with fenda/dhaala and high-quality workmanship coral carvings and lacquer work. The mosque building has a small prayer hall, fenda on three sides, rising entrance stair, tiered roof, coral base with carvings and mouldings and coffered ceiling with laage'. The mosque has a coral stone well near it.
1789 ގައި ބިނާކުރެވުނު މާލޭ ކަޅުވަކަރު މިސްކިތަކީ ޚާއްސަ މިސްކިތެކެވެ. އެއީ މި މިސްކިތް އިމާރާތްކުރެވިފައިވަނީ މައިގަނޑުގޮތެއްގައި ކަޅުވަކަރުންކަމަށްވާތީއެވެ. މީގެ އިތުރުން މިސްކިތް ފަރުމާކޮށްފައިވަނީ ރޫޅައިރާވައިލެވޭގޮތަށެވެ. މިގޮތުން އެތަކެއްފަހަރު މި މިސްކިތްވަނީ މާލޭގެ އެކި ތަންތަނަށް ބަދަލުކުރެވިފައެވެ. މިއީ ހިރިގަލުން ބިނާކުރެވިފައިވާ ވަރަށް ކުޑަ މިސްކިތެކެވެ. މި މިސްކިތުގައި ވަރަށް ފުރިހަމައަށް ހިރިގަލުވަޑާމާއި ލާފެންކުރުމުގެ ފަންނުވެރިކަން ފެންނާންހުރެއެވެ. މިސްކިތުގެގައި ހިމެނެނީ ނަމާދުކުރާ ކުޑަ ތަނަކާއި ތިންފަރާތައްވާގޮތަށްހުރި ފެންޑާއަކާއި ވަންނަދޮރުމައްޗަށްހުރި ހަރުފަތްބަރިއަކާއި ބައިބަޔަށްހުރި ފުރާޅަކާއި އުސްކޮށްފައިވާ ހިރިގަލު ތަޅުމަކާއި އަދި ލާގެއެއް ހިމެނޭ ގޮޅިގޮޅިއަށް ފައިދޮށްތައް ފެންނަގޮތަށް ހުރި ފަންގިފިލައެކެވެ. މިސްކިތް ކައިރީގައި ހިރިގަލު ފެންވަޅެއް ހުރެއެވެ.
Mosque Gallery
ފޮޓޯ މައުރަޒު